ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ މަގުތަކުގައި ނުނެގިހުރި ރުއްގަސް ނެމުމަށް ހިންގާ މަސްރޫއުގައި ހިމެނޭ ރުއްގަހުގެ ބަދަލުގެ ފައިސާ ދޫކުރުމާއި ރުއްތައް ނެގުމުގެ މަސައްކަތާއިގުޅޭ

                                                                                                   

  

ބަނޑިދޫ މަގުތަކުގައި ނުނެގިހުރި ރުއްގަސް ނެމުމަށް ހިންގާ މަސްރޫއުގައި ހިމެނޭ ރުއްގަހުގެ ބަދަލުގެ ފައިސާ ދޫކުރުމާއި ރުއްތައް ނެގުމުގެ މަސައްކަތާއިގުޅޭ

 

                         ބަނޑިދޫގައި ކުރިޔަށްގެންދާ މަގުހެދުމުގެ މަސްރޫއުގެ އަމަލީ މަސައްކަތް 13 ޖެނުއަރީ 2020 ވަނަ ދުވަހު ފަށާގޮތަށްވަނީ ހަމަޖެހިފައެވެ. މަގުތައް ހަދަން ނަގާ ރުއްގަހުގެ ބަދަލު ފައިސާ ދޫކުރުމުގެ މަސައްކަތް 13 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާނެކަމުގައި ދެންނެވީމެވެ.

 

                         މި އިދާރާގެ ނަންބަރު: (IUL)376/376/2018/6 (8 އޭޕްރީލް 2018 ) އިޢުލާނުންވާނީ ބަނޑިދޫގައި މަގުތައް ހެދުމަށް ނަގަންޖެހޭ ރުއްގަހުގެ ވެރިން ހޯދުމަށް އާއްމުކޮށް އެންގިފައެވެ.

 

                         ދަންނަވަމެވެ. މިހާ ހިސާބަށް މިދެންނެވި އިއުލާނާއި ގުޅިގެން، ސިޓީ ހުށައެޅިފައިނުވާ ފަރާތެއްވާނަމަ 16 ޖެނުއަރީ 2020 ގެ ކުރިން ސިޓީއަކުން ރުކުގައިޖަހާފައިވާ ނަންބަރާއި ހެކިންގެ މައުލޫމާތާއި އެކު ހުށައެޅުއްވުންއެދެމެވެ. ނަގަންޖެހޭ ރުއްގަހުގައި 1 ން ފެށިގެން 585 އާއި ހަމައަށް ނޫކުލައިން ވާނީ ނަންބަރުޖަހާފައެވެ. 

           

                       

 

 

 

 

 

 

 

 

 

 

                    މިހެންވެ، މިކަން އާއްމުކޮށް އެންގުމުށްޓަކައި އިޢުލާންކުރީމެވެ.

                                                  

         

      

 

 

12 ޖަނަވަރީ 2020
ހޯދާ