އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުޢާންމުކޮށް ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)CB-2020/07)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020  

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުޢާންމުކޮށް ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރ 2019/13 އިން ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ކަނޑައެޅުއްވުމުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ޢާންމުކޮށްފީމެވެ. މި ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) ގައި އަދި، ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

މި ރިޕޯޓަށް ޝަކުވާ ހުށަހަޅާނީ 2020 ޖަނަވަރީ 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މި ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) ވެސް ޝަކުވާ ހުށަހެޅޭނެއެވެ.

އަދި ދަންނަވަމެވެ. ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށްފަހު އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލައިފީމެވެ. މި ނަންތަކަށް ހިޔާލު ހުށަހަޅާނީ 2020 ޖަނަވަރީ 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށެވެ. މި ކޮމިޝަނުގެ އީ-މެއިލް ([email protected])، ޓްވިޓަރ (@ElectionsMv) އަދި ފޭސްބުކް (@electionscommission)  މެދުވެރިކޮށްވެސް ޚިޔާލު ހުށަހެޅޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

10 ޖަނަވަރީ 2020
ހޯދާ