އާމިނާދިޔޯ ޞިއްޙީ މަރުކަޒު، ހއ. އިހަވަންދޫ
ދިވެހިރާއްޖެ
ހއ. މޮޅަދޫ ޞިއްޙީ މަރުކަޒުން އާމިނާދިޔޯ ސިއްޙީމަރުކަޒަށް ލެބޯޓަރީ ސާމްޕަލް ގެނެސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އަތޮޅުތަކުގެ ލެބޯޓަރީ ޚިދުމަތް ލިބެން ނެތް މަރުކަޒުތަކަށް އެންމެ ގާތުން ލެބޯޓަރީގެ ޚިދުމަތް ލިބެންހުރި މަރުކަޒުން ސާމްޕަލްތައް ގެންގޮސްގެން ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ހަމަޖައްސާފައިވާތީ، ހއ. މޮޅަދޫ ސިއްޙީ މަރުކަޒުން ޓެސްޓް ހެދުމަށް ނެގޭ ސާމްޕަލްތައް އާމިނާދިޔޯ ސިއްޙީ މަރުކަޒަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖަވަނަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ މައުލޫމާތު ސަފުކުރެއްވުމަށްފަހު، 19 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މަރުކަޒުގެ އޮފީހަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

09 ޖަނަވަރީ 2020
ހޯދާ