ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެގިއުލަރައިޒޭޝަން ރެޖިސްޓްރޭޝަން އެޕޮއިންޓްމެންޓް ހެއްދުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދަ އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގަމުން ގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާއި ގުޅިގެން، ކުޅުދުއްފުށީގައި އުޅޭ މިފަދަ ބިދޭސީން ރަޖިސްޓްރީވުމަށްޓަކައި އެޕޮއިންޓްމެންޓް ދޫކުރާ ގަޑިއަށް ބަދަލުގެނެވިފައިވާ ކަމުގައި ދަންނަވަމެވެ.

12 ޖެނުއަރީ 2020 އިން ފެށިގެން، އެޕޮއިންޓްމެންޓް ދޫކުރުން ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި  ދުވަހުގެ ހެނދުނު 11:00 ން  12:00 ށް މިކައުންސިލް އިދާރާގައެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް ހާޟިރުވާއިރު، ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް އޮތް ފަރާތްތަކުން، އެލިޔުން ގެންނެވުމަށް ދަންނަވަމެވެ. އަދި އެޕޮއިންޓްމެންޓް ދޫކުރުން ކުރިއަށް ގެންދެވޭނީ 30 ޖެނުއަރީ 2020 ގެ ނިޔަލަށް ކަމުގައި ވާތީ، ކުޅުދުއްފުށީގައި އުޅޭ މިފަދަ ބިދޭސީން މިމުއްދަތުގެ ތެރޭގައި އެޕޮއިންޓްމެންޓް ހެއްދުމަށް ހާޟިރުވުމަށް ދަންނަވަމެވެ.

09 ޖަނަވަރީ 2020
ހޯދާ