ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާއިގުޅޭ:

މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް 2020 ވަނަ އަހަރަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި، ސިޓިންރޫމް، ބަދިގެ އަދި ކާގެ އެކުލެވިގެންވާ ގެއެއް ކުއްޔަށް ދޭންބޭނުންވާ ފަރާތްތަކުން 12 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއި މައުލޫމާތު ސާފުކުރާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ އާއިއެކު ބޭފުޅަކު ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައި.ޑީ.ކާރޑްގެ އަސްލު ގެންނެވުން އެދެމެވެ.

               ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

 

                      08 ޖެނުއަރީ 2020މ

08 ޖަނަވަރީ 2020
ހޯދާ