މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާއްޑޫ ބެލެހެއްޓުމާއި ބެހޭ

އިޢްލާން

            މާއްޑޫ ކުރިން ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި ފަރާތް ކަމުގައިވާ މ. ބަގީޗާގޭ އަލްފާޟިލާ ކުޑަ ސިއްތިގެ ކިބައިން އެރަށް ވަކިކުރައްވާފައިވާ ކަމަށާއި 30 ޑިސެންބަރު 2019 ވަނަ ދުވަހުން ފެށިގެން އެފަރާތުން ބޭނުން ކުރައްވާނަމަ އެކަން ހުއްޓާލެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން މިއިދާރާއަށް ކޮޕީކޮށް، އަލްފާޟިލާ ކުޑަ ސިއްތިއަށް ފޮނުއްވި ސިޓީން އެފަރާތަށް އަންގަވާފައިވާތީ، 08 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން ބ. މާއްޑޫ ބެލެހެއްޓުމާއި މިއިދާރާގެ ފަރާތުން ޙަވާލުވެފައިވާ ވާހަކަ ދެންނެވީމެވެ.

          އަދި ދަންނަވަމެވެ. 08 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން އެއްވެސް ފަރާތަކުން މިއިދާރާގެ ހުއްދަނެތި ބ. މާއްޑޫއަށް ނޭރުމަށާއި އެއްވެސް ފަރާތަކުން އެރަށަށް އަރަންވާނީ މިއިދާރާގެ ހުއްދަ ލިބުމަށްފަހުގައިކަން، އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

             އިހްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

08 ޖަނަވަރީ 2020
ހޯދާ