އާމިނާދިޔޯ ޞިއްޙީ މަރުކަޒު، ހއ. އިހަވަންދޫ
ދިވެހިރާއްޖެ
ދުވަހު ކުއްޔަށް ކޮޓަރިހިފުމާއި ގުޅޭ

2020 ވަނަ އަހަރު މަރުކަޒުގެ އެކިއެކި ބޭނުންތަކަށް ދުވަހު ކުއްޔަށް ކޮޓަރި ހިފުމަށް ބޭނުންވާތީ، ކޮޓަރި ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

 

ތަން

ގަޑި

ތާރީޙް

ތަފްސީލް

އާމިނާދިޔޯ ސިއްޙީމަރުކަޒު (އޮފީސް)

11:00

12 ޖެނުއަރީ 2020

މަޢުލޫމާތު ސާފުކުރެއްވުމަށް

އާމިނާދިޔޯ ސިއްޙީމަރުކަޒު (އޮފީސް)

11:00

16 ޖެނުއަރީ 2020

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

08 ޖަނަވަރީ 2020
ހޯދާ