އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ.ދިގުރަށު ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކުރުން

އދ. ދިގުރަށު ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމަށް ކުރަންހުރި މަސައްކަތްތައްކުރާނެ ފަރާތެއް ހޯދުމަށްކުރި (ނަމްބަރު: (IUL)ADAH/INDIV/2019/41) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މިއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 08 ޖަނަވަރީ 2020 ވާ ބުދަ ދުވަހުން ފެށިގެން 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ. ދިގުރަށު ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް އދ. ދިގުރަށު ޞިއްޙީމަރުކަޒާއި އދ.އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ. 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:30 ގައި އދ. ދިގުރަށު ޞިއްޙީމަރުކަޒު ނުވަތަ އދ.އަތޮޅު ހޮސްޕިޓަލު ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން [email protected] އަށް ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

08 ޖަނަވަރީ 2020
ހޯދާ