ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އާންމު އިޢުލާން

އާންމު އިޢުލާން

މިކުންފުނިން މެނޭޖް ކުރަމުންދާ ދިވެހި ސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ތެރެއިން ދިވެހި ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 704 ފްލެޓް ލިބިލައްވާފައިވާ ފަރާތްތަކަށް ލިޔެކިޔުންތަކެއް ޕޯސްޓް މެދުވެރިކޮށް ރައްދުކުރުމަށްޓަކައި ވަނީ މަސައްކަތް ކުރެވިފައެވެ. ނަމަވެސް މީގެ ތެރެއިން އެކި ސަބަބުތަކާއި ހުރެ ރައްދު ނުކުރެވި ހުރި ލިޔެކިޔުންތައް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި މިކުންފުނީގެ  މައި އޮފީހަށް ވަޑައިގެން ހަވާލުވުމުގެ ކަންތައް ކުރިޔަށް ގެންދެވުމަށް އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މި ލިޔެކިޔުންތަކާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު  ބޭނުންފުޅުވާނަމަ އީމެއިލް  ([email protected]) މެދުވެރިކޮށް ނުވަތަ ނަންބަރ: 3000132/3000130/3000129 އާއި ގުޅުއްވައިގެން ކުރިޔަށް ގެންދެވުމަށް އެދެމެވެ. 

އެޑްރެސް:

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.

ހ. މިއަލަނި، 4 ވަނަ ފަންގިފިލާ،

ސޯސަންމަގު،

މާލެ، ދިވެހިރާއްޖެ.

 

07 ޖެނުއަރީ    2020 

 

07 ޖަނަވަރީ 2020
ހޯދާ