މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ މަސައްކަތްތަކަށް ބިމެއް ކުއްޔަށްދޫކުރުން

އިޢުލާން

ސިނާއީ މަސައްކަތްތަކަށް ބިމެއްކުއްޔަށްދޫކުރުން

           މިރަށުގެ ސިނާޢީ ސަރަޙައްދުން (ރަށުގެދެކުނުކޮޅުން) އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 40671  އަކަފޫޓް ގެ ( ލޮޓް 3 ) 1 ބިން  ލުއި ސިނާޢީ މަސައްކަތްތަކަށް ކާރުޚާނާހެދުމާއި، ގުދަންހެދުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް ކުއްޔަށް ދިނުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯރމް ވިއްކުން

(ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް )

19 ޖެނުއަރީ 2020 ވާ އާދިއްތަ  ދުވަހުން ފެށިގެން 30  ޖެނުއަރީ 2020 ވާ ބުރާސްފަތި  ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން  

2 ފެބްރުއަރީ 2020  ވާ އާދިއްތަ ދުވަސް

މެންދުރު 12:00  

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

09 ފެބްރުއަރީ  2020 ވާ އާދިއްތަ ދުވަސް

މެންދުރު 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

          ބިޑްފޯރމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖަނަވަރީ 2020
ހޯދާ