ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީ ރައްޔިތުންގެ "ވިލުރޯދި" ދޯނި ކުއްޔަށްދިނުން

ވިލުފުށީ ރައްޔިތުންގެ "ވިލުރޯދި" ދޯނި ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީމެވެ.

                        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ތ.ވިލުފުއްޓަށް ރަށްވެހިވެފައިވާ ފަރާތްތަކުން ކުއްޔަށް ހިފުމަށްއެދި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ކުއްޔަށްހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތުދިނުން، 2020 ޖަނަވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ.  ދޯނި ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2020 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައިކަން އެނގޭނެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏެއް ނުވަތަ ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނަމަ ކުންފުނި / އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ދޯނި ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ ކުއްޔަކީ މަހަކު -/15000 ރުފިޔާއެވެ. ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

31 ޑިސެންބަރު 2019
ހޯދާ