ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ތާރީޚް:

05 ޖުމާދުލްއޫލާ 1441

ނަންބަރު:

(IUL)401-C/401/2019/78

 

31 ޑިސެމްބަރ 2019

އިޢުލާނުގެ ވަނަ:

02

ބިން ކުއްޔަށް ދޫކުރުން

 

އެކިއެކި ވިޔަފާރި ކުރުމަށްޓަކައި މިރަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެތެރެއިން ތިރީގައި މިދަންނަވާ 04 ބިން ކުއްޔަށް ހިފުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި ކުރެވުނު މިއިދާރާގެ ނަންބަރު (IUL)401-C/401/2019/72 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

#

ބިންއޮތް ތަން

ބިމުގެ ބޮޑުމިން

ކުއްޔަށްދޭ ބޭނުން

26

ނަފާ ގޯޅީގެ އުތުރު ފަޅީގައި ، 23 ނަންބަރު ބިމުގެ ހުޅަގު ފަރާތުގައި

2150 އަކަފޫޓް

އާންމު ވިޔަފާރިކުރުމަށް

25

ލިލީމަގުގެ އިރުމަތިފަރާތުގައި އޮންނަ ހުސްބިން

1920 އަކަފޫޓް

އާންމު ވިޔަފާރިކުރުމަށް

24

ސިރާޖުއްދީނުމަގުގެ އިރުމަތީ ފަޅީގައި އުންމީދު ގޯތީގެ އުތުރުގައި

1920 އަކަފޫޓް

އާންމުވިޔަފާރި ކުރުމަށް

19

ޝަހީދުޢަލީ މަގުގެ ދެކުނުފަޅީގައި 14 ނަންބަރުބިމުގެ ހުޅަނގުފަރާތުގައި

2000 އަކަފޫޓް

އާންމު ވިޔަފާރި ކުރުމަށް

 

ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަންފޮތް ގަންނަން ލިބޭނީ 05 ޖަނަވަރީ 2020 އިން 22 ޖަނަވަރީ 2020 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 12:00 ކުރިން މި އިދާރާއިންނެވެ. ބީލަން ފޮތުގެ އަގަކީ -/150ރ (އެއްސަތޭކަ ފަންސާސްރުފިޔާ) އެވެ.

 

 

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 23 ޖަނަވަރީ 2020 (ބުރާސްފަތި) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ބީލަން ފޮތް ބައްލަވައިގެންފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި  ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

31 ޑިސެންބަރު 2019
ހޯދާ