މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުލޭގެ އިރުމަތީ ފަރާތު ފަޅުތެރޭ އަޅާފައިހުރި އުޅަނދުފަހަރާ ބެހޭ

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓް ގައި މޫދަށް މަތިންދާބޯޓު ފަހަރު ޖެއްސުމަށްޓަކާ ޚާއްޞަ ކުރެވިފައި އޮންނަ ސަރަޙައްދަކީ ހުޅުލޭގެ އިރުމަތީ ފަރާތު ފަޅުތެރެއެވެ. އެހެންކަމާއެކު، މި ސަރަޙައްދަކީ ވަރަށް ރައްކައުތެރި އަދި ސަލާމަތްތެރި ތަނެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. މި ޚާއްސަ ސަރަޙައްދުގެ ތެރޭގައި ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރު އަޅާފައިހުރުމަކީ މިސަރަޙައްދު ބޭނުންކުރާ މޫދަށް ޖައްސާ މަތިންދާބޯޓު ފަހަރުގެ ރައްކައުތެރިކަމަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ. އެހެނީ، އެފަދަ އުޅަނދެއްގެ ސަބަބުން މަތިންދާބޯޓު ފުރުމުގައި ނުވަތަ ޖެއްސުމުގައި ހިތާމަވެރި ހާދިސާއެއް ހިނގައިފިނަމަ، މީހުންގެ ފުރާނައަށާއި ތަކެއްޗަށް ލިބިދާނެ ގެއްލުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އަދި ދަންނަވަމެވެ، މި ސަރަޙައްދުގެ އުތުރުކޮޅު ހިއްކުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވުމާއެކު، އެ ސަރަޙައްދަށް އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް މިއަހަރުގެ މެއި މަހުގެ ތެރޭގައި ބަންދުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ. މި އިޢުލާނާއެކު މިވާ ކުރެހުމުގައި އެވަނީ ބަންދުކުރެވޭ ސަރަހައްދެވެ.

ވީމާ، ދިމާވެދާނެ ނުރައްކާތެރި ހާދިސާ އަކުން ރައްކާތެރި ވުމަށްޓަކައި ހުޅުލޭގެ އިރުމަތީ ފަރާތުފަޅުތެރޭ ސީޕްލޭން ސަރަހައްދުގައި އަޅާފައިހުރި ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެސަރަޙައްދުން ނެންގެވުމަށް ދަންނަވަމެވެ.

22 ޖުމާދަލްއޫލާ 1435  

23 މާރިޗު 2014
ހޯދާ