ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ނަމްބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން

އިޢުލާނު

5 ނަމްބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން.

 

މި ކައުންސިލްގެ 5 (ފަހެއް) ނަމްބަރު ރުއްގަނޑު (ފޯދުނު 27 ރުކާއި ނުފޯދޭ 7 ރުއް) 5 (ފަހެއް)  އަހަރަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ. މި ރުއްގަނޑުގެ ރުއްތައް ހުރި ތަންތަނާއި ޢަދަދު ތިރީގައި އެވަނީއެވެ.

#

ރުއްހުރި ތަން

ފޯދުނު

ނުފޯދޭ

01

އިރުމަތީ ބަނދަރުގެ ހުޅަނގުކޮޅު މަސްމާރުކޭޓް ސަރަޙައްދުގައި

05

03

02

ކުރީގެ ހުޅަނގު ކުނިގޮނޑުގެ ހުޅަނގު ކަންމައްޗަށް ވާގޮތަށް، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި

02

-

03

ކުރީގެ ހުޅަނގު ކުނިގޮނޑު ސަރަޙައްދުގައި ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތު މަގުކައިރީގައި

06

02

04

ކުރީގެ ހުޅަނގު ކުނިގޮނޑު ސަރަޙައްދުގެ އެތެރޭގައި

02

-

05

ކުރީގެ ހުޅަނގު ކުނިގޮނޑާދިމާލު އެއްގަމު ގަސްގާފޮޅުތެރޭގައިހުރި ނިކަގަހުގެ ހުޅަނގު ފަރާތުގައި

01

-

06

ކުރީގެ އިރުމަތީ ކުނިގޮނޑުގެ ހުޅަނގުކޮޅު ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި

01

-

07

ކުރީގެ އިރުމަތީ ކުނިގޮނޑުގެ ހުޅަނގުކޮޅާދިމާލު ބޮޑުތަކުރުފާނު މަގުގެ އުތުރާއި ދެކުނުކައިރީގައި

-

02

08

ހަވީރީ ހިނގުމުގައި ވެޔޮދޮށު މައިޒާނާދިމާލު ބަފަޒޯނުތެރޭގައި

07

-

 

ޢަބްދުﷲ އިސްމާޢީލު ލައިބްރަރީއާއި މަސްޖިދުއްތަޙާލުފި މިސްކިތާއި ދެމެދު ގޯޅީގައި

03

-

 

ޖުމުލަ

27

07

 

މި ރުއްގަނޑު ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 800/- (އަށްސަތޭކަ) ރުފިޔާއެވެ. އަދި މި ރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. 

މި ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2020 ޖަނަވަރީ 6 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މި ރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ ކައުންސިލްގެ 5 (ފަހެއް) ނަމްބަރު ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ޖަނަވަރީ 9 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

28 ރަބީޢުލްއާޚިރު 1441

25 ޑިސެންބަރު  2019

25 ޑިސެންބަރު 2019
ހޯދާ