ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ތަރައްޤީކޮށް ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

     ކުޑަކުދިންގެ ޕާކު ތަރައްޤީކޮށް ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު:101/2019/248/ED-248(IUL) (05 ނޮވެންބަރު 2019) ގެ އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފް ކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެއްފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

     ވީމާ، ކުޑަކުދިންގެ ޕާކު ހިންގާ ބަލަހަށްޓާދޭން ޝައުގުވެރިވާ ފަރާތްތަކުން 31 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އެމަޢުލޫމާތުތަކަށް ބިނާކޮށް  09 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

     މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ ޕްރޮޕޯސަލް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮޕީއެއް ގެންނަށްވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

     ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަކަށްލައި ބަންދުކޮށް ކުޑަކުދިންގެ ޕާކު ހިންގާ ބަލަހަށްޓާ ދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ. 

     މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 ޑިސެންބަރު 2019
ހޯދާ