މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ އައުޓްޑޯ ޖިމަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ނަމްބަރު:IUL)297/INDIV/2019/66)

 

އިޢުލާން

ނ.ވެލިދޫ އައުޓްޑޯ ޖިމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

ނ.ވެލިދޫ ކައުންސިލުން ގާއިމްކުރުމަށް ނިންމާފައިވާ އައުޓްޑޯރ ޖިމަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށްވަނީ ބޭނުންވެފައެވެ.

މިތަކެތި ވިއްކުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ މިތަކެތި ވިއްކަން އެދޭ ފަރާތްތަކުން 26 ޑިސެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ 10:30އަށް މިއިދާރާއަށް ހާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު 31 ޑިސެމްބަރ 2019ވާ އަންގާރަ ދުވަހުގެ 10:30އަށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑާއި ކުންފުނީގެފަރާތުންނަމަ ކުންފުނީގެ ފަރާތުން ފޮނުވި މީހެއްކަން އަންގައިދޭ ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކަމުގެލިޔުމާއިއެކު ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ.

މިއިއުލާނާ ގުޅިގެން މިއިދާރާއިން ކުރެވުނު ނަންބަރު:IUL)297/INDIV/2019/63) އިއުލާނާގުޅިގެން 3ފަރާތުން މައުލޫމާތުސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެއިއުލާންވަނީ ބާޠިލްކުރެވިފައެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

20%

  • މި ބައިގަމާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ތަކެތި ފޯރުކޮށްދިނުމަށް އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

26 ރަބީޢުލްއާޚިރު 1441

23 ޑިސެމްބަރ 2019

23 ޑިސެންބަރު 2019
ހޯދާ