އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ބަނދަރު ސަރަހައްދުގައިވާ 1 ނަންބަރު ބިން ކުއްޔައްދޫކުރުން

                                                  

                                                    ނަންބަރު:IUL)345-CAA/345/2019/53)

އިޢުލާން

 އއ.މާޅޮހު ބަނދަރު ސަރަހައްދުގައިވާ 1 ނަންބަރު ބިން ކުއްޔައްދޫކުރުން:

އއ.މާޅޮސްގައި ބަނދަރު ސަރަހައްދުގައިވާ ބަދަނރު 01 ނަމްބަރ 1200(ބާރަސަތޭކަ) އަކަފޫޓުގެ ބިން އެތަނުގައިވާ ޢިމާރާތާ އެއްކޮށް  10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ.

 

މި ބިން ބޭނުން ކުރަންވާނީ ތިރީގައިވާ ބޭނުންތަކަށެވެ.

  1. ޢާންމު ވިޔަފާރި ކުރުމަށް
  2. ގުދަން ކުރުމަށް
  3. މީހުން ބޭތިއްބުމަށް

މި ބިންތަކުގެ  އަގަށް ހުށައެޅޭނެ އެއްމެ ކުޑަކުއްޔަކީ އަކަފޫޓަކަށް މަހަކު  02(ދޭއް) ރުފިޔާއެވެ.

 

މި ބިން ދޫކުރާނީ އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކަށެވެ. މާކުސް  ދިނުމަށް ހަމަޖެއްސިގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.   

  • އެއްމެ މަތީ އަގެއް ހުށަހަޅާ ފަރާތަކުން 40%  އިންސައްތަ.
  • ސީ އެސް އާރު 01 ( މަސްކަނޑާ އަށި ) 20 % އިންސައްތަ.
  • ސީ އެސް އާރު 02 ( ފެނާ ކަރަންޓް ދޫކުރާ ހަޓް )  20 % އިންސައްތަ.
  • ސީ އެސް އާރު 03  ( ޕާކުގެ އެތެރެއާ މަގުފާރު ތަކުގައި ލައިޓް ޖެހުން ) 20 % އިންސައްތަ.

 

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލަށް ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 31 ޑިސެމްބަރ 2019 އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 13:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 05 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހު 10:30 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.

 

ބިޑް ހުޅުވުން:

މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 09 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 09 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

                  މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޑިސެންބަރު 2019
ހޯދާ