މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު – އިމާމު / މުދިމު (ވަގުތީ / ވޭޖް އުޞޫލުން)

މިސްކިތު އިމާމު / މުދިމުން ސަލާން ބުނުން، އާއިލީ ޒިންމާ ޗުއްޓީ އަދި އަހަރީ ޗުއްޓީ ނެގުމުން ވޭޖު އުޞޫލުން މަސައްކަތް ކުރުމަށް މީލާދީ 1 (އެކެއް) އަހަރު ދުވަހަށް އެކުލަވާލާ ޕޫލަށް ވަގުތީ (ވޭޖް) އިމާމު / މުދިމުން ބޭނުންވެއްޖެއެވެ.

މަޤާމު: އިމާމު / މުދިމު (ވަގުތީ / ވޭޖް އުޞޫލުން)

ބޭނުންވާ އަދަދު:  4 (ހަތަރެއް)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވަ ތަން: ރ.މީދޫގެ މިސްކިތްތައް

މުސާރަ: އިމާމުކަމުގެ ސަނަދު އޮންނަ މީހަކަށް ޖީ.އެސް 3 (ނަމާދުކުރާ ކޮންމެ ވަގުތަކަށް) -/61 (ފަސްދޮޅަސް އެއް) ރުފިޔާ، މުދިމު ކަމުގެ ސަނަދު ނެތް މީހަކަށް ޖީ.އެސް 1(ނަމާދުކުރާ ވަގުތަކަށް -/53 (ފަންސާސް ތިނެއް) ރުފިޔާ،

ޝަރުތު:

1-      މުދިމް ޖީ.އެސް 1

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

2-      އިމާމް ޖީ.އެސް 3

  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

3-      އިމާމް ޖީ.އެސް 4

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ،
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤަބޫލުކުރާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓް ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

4-      އިމާމް އެމް.އެސް 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

5-      އިމާމް އެމް.އެސް 2

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

6-      އިސް އިމާމު އެމް.އެސް 3

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައި ވުމާއެކު، އިމާމް މަޤާމުގައި އެމް.އެސް 2 ރޭންކްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • މިސްކިތްތަކުގައި ފަރުޟު 5 ނަމާދަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • ކައުންސިލް އިދާރާއިން އަންގަވައިފި ހިނދެއްގައި ކޭތަ ނަމާދު، ޢީދު ނަމާދު، ހުކުރު ނަމާދު، ކަށު ނަމާދު ފަދަ ނަމާދުތައް އިމާމުވެ ކުރުން.
  • މިސްކިތްތަކުގައި ރަމަޟާން މަހުގެ ތަރާވީޙު ނަމާދު އިމާމުވެ ކުރުން.
  • މިސްކިތްތަކުގައި ދެވޭ އެކިއެކި ދީނީ ދަރުސްތަކުގައި އެހީތެރިކަން ދިނުން.
  • މިސްކިތު މަސައްކަތު މީހުންގެ ސްޕަވައިޒރެއްގެ ޙައިސިއްޔަތުން އެމީހުންގެ މަސައްކަތް މޮނިޓަރކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތައް ބަލާ ރިޕޯޓްކުރުން.

 

 

ވަޒީފާއަށް ޤާބިލްފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

 ތަޢުލީމީ ސެޓިފިކެޓްތަކާއި،މަސައްކަތުގެ ތަޖްރިބާއާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލެވޭނެއެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެ ތަނާއި މުއްދަތު:އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 4 ދުވަހުގެ ތެރޭގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވޭނެއެވެ.  ބައްދަލުވުން އޮންނާނެ ތަނާއި ގަޑި ޝަރުތު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

 

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ވަގުތީ (ވޭޖު) އިމާމު/މުދިމުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުންގް ހިންގާ ކޯސްތަކުގެ ސެޓްފިކެތްތަކުގެ ކޮޕި.
  • ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގަފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ސިވިލް ސަރވިސްގެ އެހެން ވަޒީފާއެއް އަދާކުރާ މީހެއް ނަމަ މިމަސައްކަތަށް ދޫކުރާނެ ކަމުގެ އެއިދާރާއެއްގެ ލިޔުން.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

29 ޑިސެންބަރު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ރ. މީދޫ ކައުންސިލްގެ އިދާރާއަށެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6580020 ފޯނާއެވެ.

19 ޑިސެންބަރު 2019

22 ރަބީޢުލްއާޚިރު 1441

19 ޑިސެންބަރު 2019
ހޯދާ