މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ މަރުކަޒު ނުނިމިހުރި އެންމެހައި މަސައްކަތް ނިންމުމާއި ގުޅޭ.

            މުލަކަތޮޅު މުލަކުގައި ޤާއިމްކުރެވެމުންދާ ޒުވާނުންގެ މަރުކަޒު ނުނިމިހުރި އެންމެހައި މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެޖެއެވެ.

            ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން 2019 ޑިސެންބަރ  26ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެމްބަރ 29ވާ އަންގާރަ ދުވަހުގެ 13:00އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި ބިޑް ހުށައެޅުއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއަކާއި، ބަދަލުގައި ހާޒިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްވެސް ގެންނަވަންވާނެއެވެ. އަދި ބިޑް ހުށަހަޅާއިރު ކުންފުނީގެ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ހުށަހަޅަންވާނެއެވެ. އަދި ދަންނަވަމެވެ. ގަޑި ޖެހިގެން ޙާޟިރުވާ ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

            މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުންރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6720601 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޑިސެންބަރު 2019
ހޯދާ