ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ނާއިބުތުއްތު މަގުގެ ދެފަރާތުން ނަގައިލަންޖެހޭ ރުއްގަހުގެ ތެރެއިން 1 އިން 27 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ރުއްގަހުގެ ވެރިފަރާތުން 22 ޑިސެންބަރު 2019 ވާ އާދިއްތަ ދުވަހު 12:00 ގެ ކުރިން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ގަހެއްކަން އެނގޭނެ ލިޔުމަކާއިއެކު މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

11 ޑިސެންބަރު 2019
ހޯދާ