ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުތަކުރުފާނު މަގު ފޮޅާސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

 

ތާރީޚް:

14 ރަބިޢުލްޢާޚިރާ 1441

ނަންބަރު:

(IUL)401-E/401/2019/74

 

11 ޑިސެމްބަރ 2019

އިޢުލާނުގެ ވަނަ:

01

 

ބޮޑުތަކުރުފާނު މަގު ފޮޅާސާފްކޮށް ބެލެހެއްޓުން

 

 

 

މިރަށު ބޮޑުތަކުރުފާނުމަގުގެ (ލާމު ލިންކްރޯޑް)  ތިރީގައި މިދަންނަވާ ސަރަހައްދުތައް ސާފްކޮށް ބެލެހެއްޓުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

#

ސަރަހައްދު

ދިގުމިން (ފޫޓު)

01

ބޮޑުތަކުރުފާނު މަގުގެ ދެކުނު ކޮޅުން ފެށިގެން ތާރުއަޅާފައިވާ ސަރަހައްދާއި ހަމައަށް

2150

02

ތާރައަޅާފައިވާ ސަރަހައްދުން ފެށިގެން ސަރަހައްދީ  މަގުގެ ދެކުނު ކަނާއި ހަމައަށް.

1700

03

ސަރަހައްދީ  މަގުގެ ދެކުނު ކަނާއިހަމައިން ފެށިގެން އަމީނީމަގުގެ ދެކުނު ކަނާއި ހަމައަށް.

1590

04

އަމީނީމަގުގެ ދެކުނު ކަނުން ފެށިގެން އަންދަލީބު މަގުގެ ދެކުނު ކަނާއި ހަމައަށް.

1448

05

އަންދަލީބު މަގުގެ ދެކުނު ކަނުން ފެށިގެން ވެލާނާމަގުގެ  ދެކުނު ކަނާއި ހަމައަށް.

1650

06

ވެލާނާމަގުގެ ދެކުނު ކަނުން ފެށިގެން ތަށަވަތްމަގުގެ ދެކުނު ކަނާއި ހަމައަށް.

1820

07

ތަށަވަތްމަގުގެ ދެކުނު ކަނުން ފެށިގެން ކޯޒުވޭ ދެކުނު ކޮޅާއި ހަމައަށް.

2515

 

ވީމާ، ސާފްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު ބިޑު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފްކުރުން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 

 

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 25 ޑިސެމްބަރ 2019 (ބުދަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި  ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082 ، އީމެއިލް: [email protected]

 

 

11 ޑިސެންބަރު 2019
ހޯދާ