މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު.

މަޤާމް :އޮޕަރޭޓަރ (ކްރޭން/ފޯކްލިފްޓް)
ބޭނުންވާ އަދަދު :20

 

 ބޭނުންވާ ޢަދަދު:

 20

 މުސާރަ:

 މަހަކު -/4،580 ރުފިޔާ

 އެހެނިހެން އިނާޔަތްތައް:

 4،000ރ – 7،000ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި   މަސައްކަތް  ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން   އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ޝަރުތު:

 -          އެއްގަމުގައި ދުއްވާ އިންޖީނުލީ   އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ V1 ގެ   ކްރޭން ނުވަތަ ފޯކްލިފްޓް ދުއްވުމުގެ ލައިސަންސް އޮތުން.

 -          އުމުރުން 55 އަހަރަށްވުރެ މަތީ   މީހަކަށް  ނުވުން.

 -          ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ   އަދި  މިފަދަ މަޤާމެއް އަދާކުރުމުގެ ތަޖުރިބާއާއި ސިއްޙީ   ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 -          އެމް.ޕީ.އެލް އިން ހިންގާ   ބަދަރުތަކުގައި  ގެންގުޅޭ އެއްގަމު އުޅަނދުފަހަރު   އޮޕަރޭޓްކުރުމާއި ވެހިކަލްތައް ބަލަހައްޓައި މެއިންޓެއިން   ކުރުން.

 -          ހުސްކޮންޓެއިނަރ އަދި ކޮންޓެއިނަރ   ހޭންޑަލްކުރުން.

 -          ކޮންޓެއިނަރ އިން އަދި ލޮރީ ފަހަރަށް   މުދާ ބަރުކޮށް ދިނުން.

 -          ބޯޓުން ބާލާ މުދާ ގުދަނަށް ވެއްދުމާއި   ނެރެދިނުން.

 މަސައްކަތްކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

 މަސައްކަތް ކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ލޮޖިސްޓިކް ޑިޕާޓްމަންޓް

 ސުންގަޑި:

 2019 ޑިސެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ   ކުރިން.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

 -      މަޤާމަށް އެދިހުށަހަޅާ ފޯމް

 -      ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 -      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ   (މުއްދަތު ހަމަނުވާ)

 -      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު   ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

 -      ޕޮލިސް ރިކޯޑް ފޯރމް

 ހުށަހަޅަންޖެހޭ އޮފީސް:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ،   ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ   ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ   ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން   ހުންނާނެއެވެ. އިތުރު   މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

 

 ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި   ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި   އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ
10 ޑިސެންބަރު 2019
ހޯދާ