މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

ޑްރައިވިންގ ޓްރެކް ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

                        އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ އިމްތިހާން ކުރިއަށްގެންދިއުމަށް، މިކައުންސިލްގެ ފަރާތުން ބ.އޭދަފުށީގައި ތައްޔާރުކޮށްފައިވާ ޑްރައިވިންގ ޓްރެކް ބިމާއި، އެބިމާއި އިންވެގެންވާ މަގު ވިނަނޮޅާ، ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 15 ޑިސެންބަރު 2019ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ޑިސެންބަރު 2019ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                        މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެމީހަކީ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ކުންފުންޏަކުންނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. ފޯން، ފެކްސް އަދި އީމެއިލްގެ ޒަރީއާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

                        އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކުފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެކަމާއި، އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2019
ހޯދާ