ބުރުނީ ސްކޫލް
ދިވެހިރާއްޖެ
މަރާމަތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

2020 ވަނަ އަހަރުގެ މަރާމާތާއި ގުޅޭ

     2020 ވަނަ އަހަރު  ފެށެންވާއިރަށް ކުރަންހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތާއި ގުޅޭ އެންމެހައި މައުލޫމާތު ބީލަން ފޮތުގައި ބަޔާން ކޮށްފައިވާނެއެވެ.

  1. މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ޑިސެމްބަރ 09 އިން 2019 ޑިސެމްބާރ 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަން ނޯޓް ކުރައްވާ ފަރާތްތަކަށެވެ.
  2. މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނީ ސްކޫލް

ތ.ބުރުނި

ފޯން:6780551

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

09 ޑިސެންބަރު 2019
ހޯދާ