ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.އަތޮޅު ހޮސްޕިޓަލުގެ އިމާރާތާއި، ގޯތިތެރެ އަދި ވަށައިގެންވާ މަގުތަކާ ގޯޅިތައް ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނ. އަތޮޅު ހޮސްޕިޓަލުގެ އިމާރާތްތަކާއި، ގޯތި ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިހޮސްޕިޓަލުގެ އިމާރާތްތަކާއި،ގޯތި ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޑިސެމްބަރ 2019 ދުވަހުގެ 10:30 އަށް މިހޮސްޕިޓަލް ( ވެރެންޑާ ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޑިސެމްބަރ 2019 ދުވަހުގެ 13:00 އަށް މިހޮސްޕިޓަލް (ވެރެންޑާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

09 ޑިސެންބަރު 2019
ހޯދާ