މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ސައުތު އޭޝިއަން ގޭމްސްގައި އަލްފާޟިލް ޙަސަން ސާޢިދު ހޯދި ކާމިޔާބީއަށް މަރުޙަބާ ދެންނެވުމާ ގުޅޭ

 

އިޢުލާން

 

ސައުތު އޭޝިއަން ގޭމްސްގައި އަލްފާޟިލް ޙަސަން ސާޢިދު ހޯދި ކާމިޔާބީއަށް މަރުޙަބާ ދެންނެވުމާ ގުޅޭ

 

1 ޑިސެމްބަރ 2019 އިން 10 ޑިސެމްބަރ 2019 އަށް ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވި "13 ވަނަ ސައުތު އޭޝިއަން ގޭމްސް 2019" ގައި ދިވެހިރާއްޖެ ތަމްސީލްކުރި ކޮންޓިންޖެންޓްގައި އެތްލީޓެއްގެ ގޮތުގައި ބައިވެރިވެ، ރަންމެޑަލް ހާސިލްކޮށްފައިވާ އެތުލީޓް އަލްފާޟިލް ޙަސަން ސާއިދާއި އަދި މެޑަލިސްޓުންނަށް މަރުޙަބާ ދެންނެވުމަށްޓަކައި 10 ޑިސެމްބަރ 2019 ދުވަހުގެ ހެނދުނު 9:45 އަށް ރަސްމީ ފާލަމުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

10 ޑިސެމްބަރ 2019 ވަނަ ދުވަހު ކުޅުންތެރިން މާލެ އައުމަށް ހަމަޖެހިފައިވަނީ ކަނޑުމަގުން ކަމަށްވެފައި ކުޅުންތެރިން މާލެއަށް ފައިބާގޮތަށް ހަމަޖެހިފައިވަނީ ޢިއްޒުއްދީ( 1 ނަންބަރ ) ފާލަމުންނެވެ.

ވީމާ ވީހާވެސް ގިނަ ރައްޔިތުން އަލްފާޟިލް ޙަސަން ސާއިދު އަދި މެޑަލިސްޓުންނަށް މަރުޙަބާ ދެންނެވުމަށްޓަކައި 10 ޑިސެމްބަރ 2019 (ބުދަ) ވަނަ ދުވަހު ރަސްމީ ފާލަން ދޮށަށް ވަޑައިގެންނެވުމަކީ މި މިނިސްޓްރީގެ ވަރަށްބޮޑު އެދުމެކެވެ.

09 ޑިސެންބަރު 2019
ހޯދާ