ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީއިން ކުޅުދުއްފުށީގައި ދެމުން ގެންދާ ޚިދުމަތްތައް ކަނޑާލަން އެދޭ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުން

އެމް.ޑަބްލިޔު.އެސް.ސީއިން ކުޅުދުއްފުށީގައި ދެމުން ގެންދާ ބައެއް ޚިދުމަތްތައް ބޭނުން ނުކުރާ ފަރާތްތަކަށް ބިލްކުރެވެމުންދާ ކަމުގެ ޝަކުވާ އެމް.ޑަބްލިޔު.އެސް.ސީއަށް ލިބެމުން އަންނަކަމުގެ މަޢުލޫމާތު މިކައުންސިލަށްވަނީ ލިބިފައެވެ. ޚިދުމަތް ބޭނުން ނުކޮށް ބިލްކުރެވެމުންދާ ފަރާތްތަކުގެ ޚިދުމަތް ކަޑާލުމުގެ ފުރުޞަތުއޮތްކަމުގެ މަޢުލޫމާތު އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ މިކައުންސިލާއި ހިއްސާ ކޮށްފައެވެ. އަދި މިފަދަ ފަރާތްތަކުގެ ލިސްޓެއް އެކުންފުންޏަށް ފޯރުކޮށްދިނުމަށް ވަނީ އެދިލައްވާފައެވެ.

ވިމާ މިފަދަ ޝަކުވާ ތަކެއް ހުރެގެން އެމް.ޑަބްލިޔު.އެސް.ސީން ދެމުން ގެންދާ ޚިދުމަތެއް ކަނޑާލަން ބޭނުންފުޅުވެލެއްވާ ބޭފުޅުން 09 ޑިސެމްބަރ 2019އިން 15 ޑިސެމްބަރ 2019ގެ ނިޔަލަށް މިކައުންސިލްގެ ފޯން 6528831އަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00އާއި 12:00 ދެމެދު ގުޅުއްވާ ނަން ނޯޓް ކުރެއްވުން އެދެމެވެ. މުސްތަޤުބަލުގައި މިހެން ކަނޑާލެވޭ ޚިދުމަތްތައް ގުލާދެވެނީ އެމް.ޑަބްލިޔު.އެސް.ސީގެ ޤަވާއިދުތަކާއި އެއްގޮތަށް އައު ކަނެކްޝަންއެއްގެ ގޮތުގައި ކަން އެކުންފުނިން އަންގާފައިވާތީ އެ މަޢުލޫމާތުވެސް މިފުރުސަތުގައި ހިއްސާ ކުރީމެވެ.

08 ޑިސެންބަރު 2019
ހޯދާ