ގުރައިދޫ ޞިއްޙީ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުސަތު

ޢިޢުލާން

 ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއި އަށްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2018 (ފުރަތަމައިސްލާޙް)ގެ ބައެއްމާއްދާތަކުގެ ތަފްޞީލް ޢާންމުކުރައްވާ ފޮނުއްވުމާއި ގުޅިގެން އިޢުލާނަށް ބައެއް ބަދަލުތަށް ގެންނަން ޖެހިފައިވާތީ މިމަރުކަޒުގެ IUL)HC/2019/02) ނަންބަރ އިޢުލާން ކެންސަލް ކުރުމަށްފަހު އަލުން އެމަޤާމަށް އިޢުލާން ކުރަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމް

 

މަޤާމްގެ ނަމްބަރ

1

ބޭނުންވާ ޢަދަދު

ވަގުތީ (ހަމަސް)

މަޤާމްގެ ގިންތި

ޖީއެސް 3

މަޤާމްގެ ރޭންކް

އޮފިސަރ ގްރޭޑް 1

މަޤާމްގެ ކްލެސިފިކޭޝަން

ކ. ގުރައިދޫ ސިއްޙީމަރުކަޒު / ކ.ގުރައިދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން

-/4465 ރުފިޔާ

މުސާރަ

-/1500 ރުފިޔާ

ސަރވިސް އެލަވަންސް

ސަޕޯޓިންކޯ އެލަވަންސް -/700 ރުފިޔާ 

ރިސްކްއެލަވަންސް -/25 ރުފިޔަ (މަސައްކަތް ކުރާ ދުވަހަކަށް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަނޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް)

އެހެނިހެން އެލަވަންސް

1. މަރުކަޒުގެ ތިޖޫރީ އާއި ތިޖޫރީގައިވާ ފައިސާ ޤަވައިދާ އެއްގޮތަށް ބެލެހެއްޓުން.

2. މުވައްޒަފުންގެ ހާޟިރީ އާއި އިތުރުގަނޑީ ޝީޓް ތަށް ބަލައި ޗެކްކުރުން .

3. މުވައްޒަފުންގެ މުސާރަޝީޓް ތަށް ތަށްޔާރުކޮށް ޤަވައިދުން ފޮނުވަންޖެހޭ ދުވަހަށް މިނިސްޓްރީ އޮފް ހެލްތް އަށް ފޮނުވުން.

4. ސިއްހީމަރުކަޒަށްގެނެވޭ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.

5. ފައިސާ އާއިގުޅޭ އެންމެހައި ލިޔެކިއުންތަށް ބެލެހެއްޓުމާއި އޭގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

6. ބަޖެޓް ކޮންޓްރޯލް ހެދުމާއި ،ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތަށްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

7. ސިއްހީމަރުކަޒަށް ބޭނުންވާ ތަކެތި ހޯދުމައި ،ތަންތަނަށް ދަށްކަންޖެހޭ ފައިސާ ދެއްކުމަށް ރަށުން ބޭރަށް ދާންޖެހޭ ޙާލަތުގައި ދިއުން.

8. ޞިއްހީމަރުކަޒަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދައި މާލިއްޔަތު ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އިންވޮއިސް ހަދައި ފިހާރަތަކުން ގެނައުން.

9. ސިއްހީމަރުކަޒުން ނީލަންކިޔަންޖެހޭ ތަކެތި ވާނަމަ މަރުކަޒު ހިންގެވުމާއި، ހަވާލުވެ ހުންނެވި ވެރިއެއގެ ލަފާގެ މަތިން އެކަންކަން ކުރުން.

10. ރަސްމީ ގަނޑީގައި އޮފީސް ހުޅުވުމާއި ލެއްޕުން. އަދި ނުރަސްމީ ގަނޑީގައި އޮފީސް ހުޅުވަންޖެހޭ ހާލަތް ތަކުގައި އިސްވެރިއެއްގެ ހުއްދަ އާއެކު ހުޅުވާ ލެއްޕުން.

11. ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުމާއި ޤަވައިދުން އަޕްޑޭޓް ކޮށް ބަލަހައްޓަމުން ގެންދިއުން.

12. މުވައްޒަފުންގެ ހާޟިރީ ގެ ކަންތައްތައް ބެލެހެއްޓުން .

13. ކޮންމެ ދުވަހަކު ޔައުމިއްޔަ ލިޔުން.

14. މުވައްޒަފުންގެ ފައިލްތަށް ބެލެހެއްޓުން.

15. މުވައްޒަފުންނަށް އަންގަންޖެހޭ ލިޔުންތައް އިސްވެރިޔާގެ ލަފާގެ މަތިން އެންގުމާއި،    ވަޒީފާ އަދާކުރުމުގައި ފަރުވާ ކުނޑަކުރާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތަށް  އިސްވެރިޔާގެ ލަފާގެ މަތިން ވަގުތުން ވަގުތަށް ފޮނުވުން.

16. އަތޮޅުގެ ރަށްރަށަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް އިސްވެރިޔާގެ ލަފާގެ މަތިން ވަގުތުން ވަގުތަށް ފޮނުވުން.

17. ޞިއްހީމަރުކަޒަށް އިތުރުކޮށްދެއްވާ މަޤާމް ތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ކުރުމާއި މިކަމާއި ގުޅިގެން އެމަޤާމް ތަކަށް ކުރިމަތިލާ ފަރާތް ތަކުން ހުށަހަޅާ ލިޔުންތަށް ކަމާބެހޭ ފަރާތަށް ފޮނުވުން.

18. ޞިއްހީމަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އައުކުރުމުގެ އެންމެހައި ކަންތަށްތަށް ކުރުން.

19. ސިއްހީމަރުކަޒުން މަރާމަތު ކުރަންޖެހޭ ތަކެތި މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްބަލައި އެކަން ކުރެވޭނެ އިންތިޒާމް އިސްވެރިޔާގެ ލަފާގެ މަތިން ހަމަޖައްސައި ދިނުން.

20. ސްޓޮކް ބެލެހެއްޓުން. (ސްޓޮކްބެލެހެއްޓުމުގައި މާލިއްޔަތު ޤަވައިދާ އެއްގޮތަށް މަސައްކަތް ކުރުން)

21. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްތަށް ދިވެހި ސިވިލްސަރވިސްގެ ޤަވައިދާ އެއްގޮތަށް ކުރުން.

22. ޢާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމާތު ތަކާއި ޤަވާޢިދުތައް ޢާންމުންނަށް ފެންނަނެހެން ޞިއްޙީމަރުކަޒުގެ ނޯޓިސްބޯރޑްގައި ބެހެއްޓުމަށް ލަފާދީ އެކަން ކުރިޔަށްދާ ގޮތް ބެލުން.

23. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި ، ދިވެހިސިވިލް ސަރވިސަސްގެޤާނޫނާއި ޤަވާޢިދު ތަކާއެއްގޮތްވާގޮތުގެ މަތިން މިއޮފީހުން އަންގާ މަސައްކަތްތަށް ކުރުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތަށް

 ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު "ސެކެންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން  ދަށްވެގެން  'ސީ' ގްރޭޑް ލިބިފައިވުން.      

މަޤާމްގެ ޝަރުތުތައް

1. ފުރިހަމަކުރަށްވާ ފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާއޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީސެޓްފިކެޓް ތަކުގެ ކޮޕީ.

(ހ) މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ ރާއްޖޭން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ،ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި،  ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ  ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ     އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލައިފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18ޑިސެމްބަރ 2019 ވާ ބުދަދުވަހުގެ ދުވަހުގެ 13.00 ގެ ކުރިން ކ.ގުރައިދޫ ޞިއްޙިމަރުކަޒުގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރާނީ [email protected] އަށެވެ.

އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިޔު އޮނާނީ 19ޑިސެމްބަރ 2019 އާއި 26ޑިސެމްބަރ 2019އާ ދެމެދު، ކ.ގުރައިދޫ ޞިއްޙީމަރުކަޒުގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފައަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (ފޯމްA2)" އާންމުކުރުން

މިއިޢުލާން އާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6640405 ފޯނު ނަމްބަރު އަށެވެ. ފެކްސް ކުރާނެ ނަމްބަރަކީ 6640405 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު

09 ޑިސެންބަރު 2019
ހޯދާ