ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެއަރޕޯޓު ބޭސިކް ފަޔަރމަން ޓްރެއިނިންގ ކޯސް - އިންޑިޔާ

އިޢުލާން

އެއަރޕޯޓު ބޭސިކް ފަޔަރމަން ޓްރެއިނިންގ ކޯސް - އިންޑިޔާ

           

     އިންޑިޔާ ސަރުކާރުގެ އެހީގައި ނިއުދިއްލީ ފަޔަރ ޓްރެއިނިންގ ސެންޓަރގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އެއެއަރޕޯޓު ބޭސިކް ފަޔަރމަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 20 ފުރުޞަތު މިއޮފީހަށް ލިބިފައިވެއެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ މިއޮފީހުން ތަރައްޤީކުރަމުންދާ ތިރީގައި ދެންނެވިފައިވާ އެއަރޕޯޓުތަކުގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތުގައި މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށެވެ.

  1. ށ. ފުނަދޫ އެއަރޕޯޓު             3 ފުރުޞަތު   
  2. ގދ. މާވަރުލު އެއަރޕޯޓު           4 ފުރުޞަތު

ޝަރުތު: ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން. އަދި ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުމާއިއެކު، މިމަޤާމަށް ބޭނުންވާ މެޑިކަލް ޓެސްޓް އިން ފާސްވުން. (ސިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން)

     ވީމާ މިޓްރެއިނިންގ ކޯސް ފުރިހަމަ ކުރުމަށްފަހު އިސްވެދެންނެވުނު އެއަރޕޯޓުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިއުމާއެކު، 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރީޖަނަލް އެއަރޕޯޓްސް، (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ލިޔުންތައް އީމެއިލް  ([email protected])   މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 / 7993776  އެވެ.

  1. ވަނަވަރު
  2. އައި.ޑީ. ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ލިބިފައިވާ ތަޖުރިބާގެ ރިފަރެންސް
08 ޑިސެންބަރު 2019
ހޯދާ