އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
1 ޑިސެންބަރު 2019 އިން ފެށިގެން ބަޔޯޑީގްރޭޑަބަލް ކޮތަޅަށް މި އެޖެންސީއިން ދޫކުރާ ތިމާވެއްޓާއި ރައްޓެހިތަކެތިކަން އަންގައިދޭ ސެޓްފިކެޓް ދޫކުރުން އަދި ސެޓްފިކެޓް އައުކުރުން ހުއްޓާލާފައިވާކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

                                                    ނަންބަރު:(IUL)203-WMPP/203/2019/3

 

 

ޢިޢުލާން

 

މިއެޖެންސީގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ބަޔޯޑީގްރޭޑަބަލް ޕްލާސްޓިކު ކޮތަޅަށް ދެމުންގެންދާ ތިމާވެއްޓާއި ރައްޓެހިތަކެތިކަން އަންގައިދޭ ސެޓްފިކެޓް އިތުރަށް ދޫކުރުމާއި އަދި ސެޓްފިކެޓް އައުކޮށްދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައި މިވަނީ ބަޔޯޑީގްރޭޑަބަލް ޕްލާސްޓިކު ކޮތަޅަަކީ ދިވެހިރާއްޖޭގެ މާހައުލަށް ނުގުޅޭ އަދި ނެތިފަނާވަމުންދާ ގޮތަށް ބަލާއިރު އޭގެ ސަބަބުން ތިމާވެއްޓަށް ނެއެދެވޭ އަސަރުތަކެއް ކުރާއެއްޗެއްކަމަށް ބެލެވޭތީއެވެ.

ވީމާ، 1 ޑިސެންބަރު 2019 އިން ފެށިގެން ބަޔޯޑީގްރޭޑަބަލް ކޮތަޅަށް މި އެޖެންސީއިން ދޫކުރާ ތިމާވެއްޓާއި ރައްޓެހިތަކެތިކަން އަންގައިދޭ ސެޓްފިކެޓް ދޫކުރުން އަދި ސެޓްފިކެޓް އައުކުރުން ހުއްޓާލާފައިވާކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

 

01 ޑިސެންބަރު 2019

 

 

08 ޑިސެންބަރު 2019
ހޯދާ