މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޚިދުމަތްތައް "ދިރިތި" ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދިއުމާއި ގުޅޭ

އިޢުލާން

                                

             މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އާންމު ޚިދުމަތްތައް މިހާރު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިއޮތޯރިޓީގެ ޕޯރޓަލް "ދިރިތި" މެދުވެރިކޮށެވެ. އެހެންކަމުން މި ޕޯރޓަލް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް "ދިރިތި ޕޯރޓަލް ޔޫސަރ ރެޖިސްޓްރޭޝަން" ފޯމު ފުރިހަމަ ކުރުމަށްފަހު މި އޮތޯރިޓީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް www.health.gov.mv  އަދި މި އޮތޯރިޓީން ލިބެން ހުންނާނެއެވެ.އަދި ދަންނަވަމެވެ. 28 ފެބުރުވަރީ 2020 ގެ ފަހުން މި އޮތޯރިޓީގެ ޚިދުމަތްތައް ދެމުން ގެންދާނީ ހަމައެކަނި މި ޕޯޓަލް މެދުވެރިކޮށެވެ.

 

              ވީމާ، މި އޮތޯރިޓީން ޚިދުމަތް ހޯދަމުންދާ ފާރާތްތަކުން  28 ފެބުރުވަރީ 2020 ގެ ކުރިން މި ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ނަމަ މި އޮތޯރިޓީގެ ނަންބަރު 3014316 (އެފް.ސީ.ޑީ) އާއި 3014361 (އެމް.ޓީ.ޖީ) އަދި އޮފީސް ބަންދު ގަޑީގައި ނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 (އެފް.ސީ.ޑީ)  އާއި 7200321 (އެމް.ޓީ.ޖީ) އަށް ގުޅުއްވުމަށް ދަންނަވަމެވެ.

08 ޑިސެންބަރު 2019
ހޯދާ