މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަބާ ޕްރޮޖެކްޓް – ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސަބާ ޕްރޮޖެކްޓް – ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރެވެމުންދާ "ސްޓްރެންތެނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) "ގެ އައްޑޫ، ހިތަދޫގައި ހުންނަ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރ (ސީ.އެފް.ސީ)ގެ ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވިމާ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސެޝަން އަށް 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް، މާލޭގައި ނަމަ ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމް އަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި އައްޑޫގައި ނަމަ އައްޑޫގައި ހުންނަ މިނިސްޓްރީގެ ބިޒްނަސް ސެންޓަރ އަށް ވަޑައިގެންނެވުން އެދެމެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ  17 ޑިސެމްބަރ 2019ވާ އަންގާރަ ދުވަހުގެ 10:00 ގައި މާލޭގައި ނަމަ  ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމްގައެވެ. އަދި އައްޑޫގައި ނަމަ އައްޑޫގައި ހުންނަ މިނިސްޓްރީގެ ބިޒްނަސް ސެންޓަރ ގައެވެ. އަދި 10:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 ޑިސެންބަރު 2019
ހޯދާ