ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށް ބޭނުންވާ ލޭއައުޓް އަދި މެޓީރިއަލް ތައްޔާރުކުރުމާއިބެހޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ، ލޭއައުޓް ތައްޔާރުކުރުމާއި ރިޕޯޓަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 8 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، އެފަރާތެއްގެ ފުރިހަމަ މަޢުލޫމާތާއި، މިހާތަނަށް ކުރައްވާފައިވާ މިފަދަ މަސައްކަތް އަންގުވައިދޭ ތަފްސީލް ހިމެނޭ ޕްރޮފައިލް އެއް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފު ކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި:

11 ޑިސެމްބަރު 2019 ގެ 14:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން:

ހައުސިންގ ޑިވެލޮޕްމަންޓް  ފައިނޭންސް ކޯޕަރޭޝަން ޕލކ.

ހ. މިއަލަނި، 4 ވަނަ ފަންގިފިލާ، ސޯސަން މަގު، މާލެ

 

03  ޑިސެމްބަރު   2019

 

03 ޑިސެންބަރު 2019
ހޯދާ