ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގއއަތޮޅު ހޮސްޕިޓަލުގެ 3 ބުރި ޢިމާރާތުގެ ފާހާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަތޮޅުހޮސްޕިޓަލުގެ 3 ބުރި ޢިމާރާތުގެ ފާހާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

                މި ހޮސްޕިޓަލުން ފޯރުކޮއްދޭ މައުލޫމާތު އަދި ކުރެހުމާއި އެއްގޮތަށް  މި ހޮސްޕިޓަލުގެ 3 ބުރި ޢިމާރާތުގެ ކުރަށްހުރި  މަރާމާތްތައް ކޮއްދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަންބަރު:  IUL) GAA/2019/09) އިޢުލާނުގައި މިހޮސްޕިޓަލުން ފޯރުކޮށްދީފައިވާ މައުލޫމާތު ޝީޓުގައި އެކަށީގެންވާވަރަށް މައުލޫމާތު ހިމަނާފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

                ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްރަކުން 05 ޑިސެމްބަރ 2019 ވަނަ ދުވަހުގެ މެންދުރު 14.00 އަށް  މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 09 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 14.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

                މިހެންވެ މިކަން އާންމުކޮށް  އަންގާ އިޢުލާންކުރީމެވެ. 

                        03 ޑިސެމްބަރ 2019

 

03 ޑިސެންބަރު 2019
ހޯދާ