ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ސްކޫލް ހެލްތް އޮފިސަރ)

އިޢުލާނު

މަޤާމް:

ސްކޫލް ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު:

J-307904

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހިރިޔާ ސްކޫލް، ކ. މާލެ

މުސާރަ:

6295.00 ރުފިޔާ

ސަރވިސް އެލެވަންސް:

2000.00 ރުފިޔާ 

ޓެކްނިކަލް ކޯ އެލަވަންސް:

މަޤާމުގެ އަސާސީ މުސާރައިގެ %28

އިތުރު ޢިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންނާއި، ބެލެނިވެރިންނަށް ސިއްޙީ ޕްރޮގްރާމް ރާވައި ހިންގުން
  2. ދަރިވަރުންގެ ހެލްތު ޗެކަޕް ޕްރޮގްރާމް ރާވައި ހިންގުން
  3. ހެލްތު ރޫމުން ފަސްޓްއެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  4. ސިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން
  5. ދަރިވަރުންނަށް ސިއްޙީ މަޢުލޫމާތު ފޯރުކޮށް ދިނުން
  6. ކޮންމެ ޓާމަކު އެއްފަހަރު ދަރިވަރުންގެ އިސްކޮޅާއި ބަރުދަން ނެގުން
  7. ކިޔަވައި ދިނުމާ ގުޅުން ހުރި ކަންތައްތަކުގައި އެހީތެރިވެދިނުން
  8. ހެލްތު ރޫމް ބެލެހެއްޓުން
  9. ސްކޫލްގެ ޢިމާރާތްތަކާއި ބޭނުން ކުރާ ފެނާއި، ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކުކުރުން
  10. ސްކޫލުތެރޭގައި ދަރިވަރުންނަށް ދިމާވާ އެކިއެކި ސިއްޙީ މައްސަލަތަކުގައި ފަސްޓްއެއިޑް ދިނުން
  11. ދަރިވަރުން ބައިވެރިވާ ކުޅިވަރު މުބާރާތްތަކާއި ކޭމްޕްތަކުގައި ފަސްޓްއެއިޑެއްގެ ރޯލް އަދާކުރުން
  12. ސިއްޙީ ގޮތުން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަ ކުރަން އެހީތެރިވުން
  13. ބަލިވެގެން ގެއަށް ފޮނުވާ ކުރިންގެ ރެކޯޑްތައް ބެލެހެއްޓުން
  14. ސްކޫލުގައި ދަރިވަރަކަށް ސިއްޙީ ބޮޑުމައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދަންޖެހޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ކުރެވޭނެ އިންތިޒާމް އަބަދުވެސް ހަމަޖައްސާފައި ބެހެއްޓުން
  15. ކުރިއަށް އޮތް އަހަރު ސްކޫލު ހެލްތް ޕްރޮގްރާމް ހިންގާނެ ގޮތުގެ ތާވަލް ތައްޔާރުކޮށް އެޑިޔުކޭޝަނަށް ފޮނުވުން
  16. ދަރިވަރުންނަށް ދެވޭ ފަނިބޭހާއި ވިޓަމިން އޭ ކެޕްސޫލް ޤަވައިދުން ދިނުމަށްފަހު، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  17. ދަރިވަރުންގެ ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދިނުން

 

 މަޤާމުގެ ޝަރުޠުތައް: 1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

            ވަޒީފާގެ ދާއިރާ: ހެލްތް ސަރވިސަސް

            ތަޢުލީމީ ރޮނގުތައް: ކޮމިއުނިޓީ ހެލްތު، ނާސިންގ، ޕްރައިމަރީ ހެލްތް ކެއަރ، ޕަބްލިކް ހެލްތް

 

 

            

ވަޒީފާއަށް އެންމެ     ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން)   (www.csc.gov.mvއަދި މިސްކޫލްގެ ވެބްސައިޓުން www.hiriya.edu.mv)) ނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ބައްލަވާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސަކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސަރިވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. 

9. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަންގެ ކޮޕީ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެންބަރު 11 ގެ 14:00 ގެ ކުރިން، ހިރިޔާ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3305815 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

ޝޯޓް ލިސްޓްކުރުން

 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެންބަރު 15 އާއި 2019 ޑިސެންބަރު 19 އާ ދެމެދު، ހިރިޔާ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307500 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3305815 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

 

 

       

05 ރަބީޢުލްއާޚިރާ 1441

02 ޑިސެންބަރު 2019
ހޯދާ