އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެޑިކަލް އޮތޯރައިޒޭޝަން އޮފިސަރ

އިޢުލާން ނަންބަރު: AS/IUL/2019/025

މަޤާމް: މެޑިކަލް އޮތޯރައިޒޭޝަން އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: މެޑިކަލް އޮތޯރައިޒޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: އެސްޓީއޯ ޓްރޭޑް ސެންޓަރ 3 ވަނަ ފަންގިފިލާ / މާލެ

 

މަޤާމުގެ ޝަރުތު:

  1. ނާރސިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ކްލިނިކަލް (ޕޭޝިއަންޓް ކެއަރ) ދާއިރާއިން  1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، ހުސްނުވާ އާސަންދަ ސްކީމުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން އާސަންދައިން ޚިދުމަތް ދެވޭތޯ ޔަގީންކޮށް ޚިދުމަތްހޯދުމަށް އެދޭފަރާތްތަކަށް އެކަން އެންގުން.
  2. ކުއްލި ބަލި ހާލަތްތަކުގައި އިތުރު ފަރުވާ ލިބިގަތުމަށްޓަކައި އަތޮޅުތެރެއިން އިމަރޖެންސީ އިވެކުއޭޝަނަށް އެދި ހުށަހެޅޭ ކޭސްތަކަށް ހުސްނުވާ އާސަންދަ ސްކީމްގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ޚިދުމަތްދެވޭތޯ ޔަގީންކޮށް ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކަށް އެކަން އެންގުން.
  3. ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުން. 

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/7100 ރުފިޔާ
  • ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ 3 މަސްދުވަހުގެ މުއްދަތު ހަމަވުމުން ދެވޭނެ)
  • އެޓެންޑަންސް އެލަވަންސް: -/2343 ރުފިޔާ (ޕްރޮބޭޝަންގެ 3 މަސްދުވަހުގެ މުއްދަތު ހަމަވުމުން ދެވޭނެ)
  • ޓެކްނިކަލް/ރިޓެންޝަން އެލަވަންސް: -/1420 ރުފިޔާ (ޕްރޮބޭޝަންގެ 3 މަސްދުވަހުގެ މުއްދަތު ހަމަވުމުން ދެވޭނެ)
  • ރިސްކު އަދި ހާޑްޝިޕް އެލަވަންސް: -/710 ރުފިޔާ (ޕްރޮބޭޝަންގެ 3 މަސްދުވަހުގެ މުއްދަތު ހަމަވުމުން ދެވޭނެ)
  • ފޯން އެލަވަންސް: -/200 ރުފިޔާ (ޕްރޮބޭޝަންގެ 3 މަސްދުވަހުގެ މުއްދަތު ހަމަވުމުން ދެވޭނެ)

 

ކުރިމަތިލުމުގެ ސުންގަޑި:  2019 ޑިސެންބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

02 ޑިސެންބަރު 2019
ހޯދާ