ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ހެލްތު ރޫމް ، ކައުންސެލިންގ ރޫމް އަދި ގުދަން ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލްގައި ހެލްތު ރޫމަކާއި ކައުންސެލިންގ ރޫމެއް އަދި ސްޓޯރ ރޫމެއް ހިމެނޭ ގޮތަށް އަމިއްލަ ތަކެތީގައި ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  1. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 02 އިން 2019 ޑިސެމްބަރ 09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (9 ވަނަ ދުވަހު ނަން ނޯޓުކުރާނީ ހެނދުނު 09:00 އާ ހަމަޔަށެވެ.)

 

  1. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމްގައި އޮންނާނެއެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 17 ވާ އަންގާރަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމްގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޮޅިވަރަމު ސްކޫލް

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520555

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

02 ޑިސެންބަރު 2019
ހޯދާ