މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ނަންބަރު:             120978

ބޭނުންވާ ޢަދަދު:              1

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:              ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1

އޮފީސް:                 މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          އެޑްމިނިސްޓްރޭޓިވް އެންޑް މެނޭޖްމަންޓް ސެކްޝަން  

ވަޒީފާ އަދާކުރަންޖެހޭތަން:        މިނިސްޓްރީ/ މާލެ

މުސާރ:                 -/4465 ރުފިޔާ

ސަރވިސް އެލަވަންސް:         -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

ސަޕޯރޓިންގ ކޯ އެލަވަންސް:     -/700 ރުފިޔާ

 

އިތުރު ޢިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ ޝަރުތު      

  1. ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • މެއިންޓަނަންސް މަސައްކަތްތައް ފާހަގަކޮށް ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން.
  • ފާޚާނާތަކުގައި ފެންވަޔަރިންގ އާއި ޓޭންކް ތަކާއި އިސްކުރު އަދި ފިޓިންގސްތަކަށް ދިމާވާ މައްސަލަތައް ވަގުތުން ހައްލުކޮށް އާއްމުކޮށް ހިފާ ގެންގެޅޭ ތަކެތި ފަދަ މަސައްކަތްތައް މެއިންޓެއިންކޮށް ބެލެހެއްޓުމާއި އިމާރާތުގެ ދިއްލުންތައް އަނދާ ހޮޅިބުރިތަކާއި ޗޯކް ސްޓާޓަރ ފަދަ ތަކެތި ބަދަލުކުރުން.
  • މިނިސްޓްރީ އަށް ހޯދާ މުދަލާއި ޚިދުމަތް ލިބިގަތުމަށް ބޭނުންވާ އަގުތައް ހޯދުމާއި ފިހާރަތަކުން މުދާ ނެގުން އިމާރާތުގައި ކޮންޓްރެކްޓް އުޞޫލުން ކުރެވޭ މަސައްކަތް ޤަވާޢިދުން ބަލަހައްޓާ އެފަރާތްތަކަށް އޮފީހުން ދޭންޖެހޭ ޚިދުމަތް ދިނުން.
  • ސްޓޯރ ކުރެވޭ ތަކެތީގެ ގިނަދުވަސްވެ ހަލާކުވެފައިވާ ތެކތީގެ ލިސްޓް ތައްޔާރުކޮށް ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަމަށް ފޮނުވުމަށް ރިޕޯރޓްކުރުން.
  • ޕްރޮކިޔުމަންޓް ސެކްޝަނުން ހޯދަންޖެހޭ ތަކެތީގެ އަގުބަލާ ކޯޓޭޝަން ހޯދުމާއި މުދާ ނެގުން އަދި މިނިސްޓްރީގެ ދަށުގައިވާ ސެންޓަރުތަކަށާއި ރަށްރަށަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން.
  • މިނިސްޓްރާއި އިސްވެރިން ކުރައްވާ އެކިއެކި ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުމާއި އެފަދަ ދަތުރުތަކާއި ގުޅިގެން އެއަރޕޯޓަށް ދާންޖެހިއްޖެ ހާލަތެއްގައި އެއަރޕޯޓަށް ދިއުމާއި ދަތުރުތަކާއި ގުޅިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތް ކުރުމުގައި އެހީތެރިވެދިނުން.
  • ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވާ ފަރާތަށް އެމަސައްކަތްކުރާ ވަގުތު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ހިނގަމުންދޭތޯ ބަލާ މޮނިޓަރ ކުރުން.
  • މިނިސްޓްރީން އެކިފަރާތްތަކށް ފޮނުވަންޖެހޭ ތަކެތި އެފަރާތްތަކާއި ޙަވާލު ކުރުން.
  • ރަސްމީނޫން ގަޑީގާއި މެއިންޓެނަންސް މަސައްކަތްތައް ކުރިއަށްދާއިރު ޑިއުޓީގައި ހުރުމާއި މެއިންޓެނަންސް މަސައްކަތާއި ގުޅިގެން އިމަރޖެންސީކޮށް އޮފީހަށް ނިކުންނަންޖެހިއްޖެ ހާލަތެއްގައި ނުކުތުން. އަދި މިނިސޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ މެއިންޓެނަންސް ކަންތައް ބެލެހެއްޓުމުގައި އެހީތެރިވުން (އޮފީސް ބަނަދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލާ ޗެކްކުރުން)

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-  ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

-  ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ އިންޓަވިއު  

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:
  4. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

                      04 ރަބީއުލްއާޚިރު   1441

01 ޑިސެންބަރު 2019
ހޯދާ