ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާއެނބޫދޫ ކައުންސިލްގެ އެޗް.އާރު.ޑާޓާ ބޭސްއެއް ތައްޔާރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢްލާން 

ކައުންސިލް އިދާރާގައި އެޗް.އާރް. ޑާޓާ ބޭސް އެއް ތައްޔާރުކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެ.

 

    މި އިދާރާގެ މުވައްޒަފުންގެ މަޢޫލޫމާތު، ސްފްޓްވެއާރއެއްގެ އެހީގައި ބެލެހެއްޓުމަށްޓަކައި މި އިދާރާއަށް އެކަށީގެންވާ އެޗް.އާރް. ސޮފްޓްވެއަރއެއް ޤާއިމުކޮށްދީ މި ސޮފްޓްވެއަރ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ. މި ސޮފްޓްވެއާރގައި މައިގަނޑު ގޮތެއްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ބެލެހެއްޓޭނެ ގޮތް ހަމަޖެހިފައި ހުންނަން ވާނެއެވެ.

  1. މުވައްޒަފުންގެ ޕާސަނަލް ފައިލްގެ މަޢުލޫމާތު
  2. ޕޭރޯލް
  3. އޯވަރޓައިމް ރިކުއެސްޓް އެންޑް އެޕްރޫވަލް
  4. ސްޓާފް ލީވް މެނޭޖް ކުރެވުން އަދި ސްޓާފުންނަށް ލީވް ރިކުއެސްޓް އީ. މެއިލް އަދި އެސް. އެމް. އެސް މެދުވެރިކޮށް ޤާއިމު ވެފައި ހުރުމުގެ އިތުރުން މުވައްޒަފު ލީވަށް ދުރުވާއިރު އެ މުވައްޒަފުގެ މަސައްކަތް އެހެން މުވައްޒަފަށް ޙަވާލުކުރެވޭ ގޮތަށް ހުރުން.
  5. ދުވަހުގެ މަސައްކަތްތައް މުވައްޒަފުންނަށް ޙަވާލުކޮށް ބެލެހެއްޓުން
  6. އެޕްރެއިސަލް އަށް ޕޮއިންޓް ދެވޭނެ ގޮތް ހަމަޖެހިފައިވުން
  7. ޑިއުޓީ ރޯސްޓަރ ހެދުން
  8. ޕޭ ސްލިޕް އޮޓޯއިން ޖެނެރޭޓްވެ ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފެއްގެ ޕޭ.ސްލިޕް ބެލޭނެ ގޮތްވުން
  9. ފިންގަރ މެޝިންއަށް އޮޓޯއިން ކަނެކްޓް ވުން
  10. މުވައްޒަފުންނަށް ޙިއްސާ ކުރަންޖެހޭ މުހިއްމު މަޢުލޫމާތު ޙިއްސާކުރެވޭނެ ގޮތަށް ހުރުން
  11. ލޯން ސްކީމްތައް މެނޭޖް ކުރެވުން
  12. ކޮންމެ މުވައްޒަފަކަށްވެސް ސޮފްޓްވެއަރ ލޮގިން ލިބި އެ މުވައްޒަފަކަށް ކޮންމެހެން ފެންނަންޖެހޭ މަޢުލޫމާތު ބެލޭނެގޮތަށް ހުރުން
  13. މި ސޮފްޓްވެއަރއަކީ، އެންޑްރޮއިޑް، އައި.އޯ.އެސް، ވިންޑޯސް ސަޕޯޓްކުރާ ވެބް ބޭސްޑް ސްފްޓްވެއަރ އަކަށް ވުން

އަދި ދަންނަވަމެވެ. މި ސޮފްޓްވެއަރ ޤާއިމުކުރުމަށްފަހު ސޮފްޓް ވެއަރ ބޭނުންކުރާނެ ގޮތުގެ ޓްރެއިނިންގ އެއް ހުރިހާ މުވައްޒަފުންނަށް ކުރިޔަށް ގެންގޮސް ދެއްވަން ވާނެއެވެ.

 އިތުރު މަޢުލޫމާތު

  1. 1.      ކައުންސިލްގެ މުވައްޒަފުންގެ ޢަދަދު: 20
  2. 2.      ސާވަރ ޤާއިމުކުރެވިފައި

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 08ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު އަދި ސޮފްޓްވެއަރގެ މަޢުލޫމާތު ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާ އަންދާސީ ހިސާބުތައް ފޮނުވާނީ، [email protected], [email protected] އަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކަކީ، ސަރުކާރުގެ ކަމާބެހޭ މުޢައްސަސާތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ވާންވާނެއެވެ. މި އިޢްލާން އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 7794448 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.  

 

މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް

 

ހުށަހަޅާ އެންމެ ކުޑަ އަގު

80%

ހުށަހަޅާ ވިޔަފާރީގެ ނަމުގައި މިފަދަ ސޮފްޓްވެއަރ އެއް ޤާއިމުކޮށް ތަޖުރިބާ ލިބި އިތުބާރު ލިބިފައިވާ ސޮފްޓްވެއަރ އަކަށް ވުން

10%

އެންމެ ރަނގަޅު އެކަށީގެންވާ ފީޗާސްތަކެއް ހުށަހަޅާ ފަރާތަކަށް

10%

 

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

01 ރަބީޢުލްއައްވަލް 1441

27   ނޮވެމްބަރ  2019

27 ނޮވެންބަރު 2019
ހޯދާ