ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސްކޫލް ޓީޗަރ
ބޭނުންވާ އަދަދު :10

ދަރުމަވަންތަ ސްކޫލް

   މާލެ، ދިވެހިރާއްޖެ 

ތާރީޚް:27 ނޮވެންބަރު 2019

 

  ނަންބަރު:

DS/IU/HR/2019/46

                                    

 ބިދޭސީން ތިބި މަޤާމްތަކަށް ދިވެހިން ނެގުމާއި ބެހޭ

އިޢުލާން

 

މި މަޤާމުތަކަކީ  ސިވިލް ސަރވިސް ކޮމިޝަންގެ ނަމްބަރ 15/2017  (20 ނޮވެމްބަރ 2017) ސަރކިއުލަރގެ ދަށުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރެވޭ އިޢުލާނެކެވެ.

 

ބޭނުންވާ މަޤާމް

ބޭނުންވާ އަދަދު

މަޤާމް ނަންބަރު

ބަޔޮލޮޖީ

1

J-283504

ކެމިސްޓްރީ

1

J-302655

ޓެރްވެލް އެންޑް ޓޫރިޒަމް

1

J-264471

އިންގްލިޝް

2

J-264475, J-264573

ހިސްޓްރީ

1

J-264562

މެތަމްޓިކްސް

1

J-302066

ޝޯޝަލްސް ސްޓަޑީޒް

2

J-283503, J-305735

 

މާޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:          ސީއެސް 11 އިން ސީއެސް 15 އާއި ދެމެދު

މާޤާމުގެ ކްލެސިފިކޭޝަން:    ސްކޫލް ޓީޗަރ

ސެކްޝަން :            އެކަޑެމިކް

މަޤާމް އޮތް އޮފީސް :      ދަރުމަވަންތަ ސްކޫލް ، ކ.މާލެ

މުސާރަ :              7070 ރުފިޔާ އާއި 10640 ރުފިޔާ އާއި ދެމެދު

ސަރވިސް އެލަވަންސް:      2500 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް. މި އެލެވެންސް ދެވޭނީ ތިރީގައި އެވާގޮތަށް ، އަސާސީ މުސާރައިގެ ކަނޑައެޅިފައިވާ އިންސައްތައަކާއި

އެއްވަރުގެ ޢަދަދެކެވެ.

 

ސަނަދު

މުސާރައިގެ އިންސައްތަ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް އޮތުން

15%

 

 

 

މަޤާމުގެ ޝަރުޠުތައް:

 

މަގާމް ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން، ނުވަތަ

9,910.00

2,500.00

  • ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ

8,440.00

2,500.00

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,450.00

2,500.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070.00

2,500.00

  

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1 ޙަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުން

2- ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން

3- ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމައޫލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން

4- ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޙަވާލުކުރަންޖެހޭ އެންމެހައިތަކެތި (ސްކީމްއޮފް ވަރކް، ލެސަންޕްލޭން، މާރކްސްޝީޓްފަދަ) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޙަވާލުކުރުން

5- އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާޢިދުތަކާއި ސްކޫލު ކުދިންގެ ގަވާޢިދުތަކާއި ސްކޫލުގެ ގަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން

6- ޙަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފްގަޑިތަކަށް ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރިގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން

7- ޙަވާލުކުރެވިފައިވާ މާއްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން

8- ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން

9- ސިނކުޑީގެ ނުކުޅެދުންތެރިކަން ހުންނަކުދިންފިޔަވައި އެހެންހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށް ދިނުން

10- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއިގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން

11- ފިލާވަޅުތަކާއިގުޅޭގޮތުން ކްލާސްރޫމުގައި ޑިސްޕްލޭކުރުން

12- ސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން

13- ސްކޫލުން ކުރިއަށްގެންދާ ޚާއްސަމަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 -14ސްކޫލުގެ ހުރިހާ ވަސީލަތްތައް (ލައިބްރަރީ، އިންޓަރނެޓް، ސްމާޓްބޯޑް ފަދަ) ދަރިވަރުންނަ އެންމެ ފައިއިދާހުރިގޮތަކަށް ބޭނުންކުރުން

15- ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން

16- ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއިގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން

17- ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން

18- ކްލަބް ޖަމްޢިއްޔާތަކާއި، ޔުނިފޯމްޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމަޔަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން

19- ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލުގެ ސިއްރުތައް ހިފެހެއްޓުން

20- ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން   www.csc.gov.mvއަދި މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.(
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

) ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާއަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  އަދި މަސައްކަތްކޮށްފައިވާ  ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް:

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

އައުމަންހަޖަށް ތަމްރީންވެފައިވާ މިންވަރަށް ބަލައިގެން.

 

މަޤާމަށް އެދެންވިގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޑިސެންބަރު 2019 ވާ  އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ދަރުމަވަންތަ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]    އަދި ފެކްސް ނަންބަރަކީ، 3327005 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް  ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  10 ޑިސެންބަރު 2019 އާއި 26 ޑިސެންބަރު 2019   އާ ދެމެދު، ދަރުމަވަންތަ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމް

ޖުމްލަ އިންސައްތަ

CS11-2

30%

CS13-2

35%

CS15-2

45%

 

 

އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ   3324495ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ،  3327005 އެވެ. އީ-މެއިލް ކުރާނީ    [email protected]އަށެވެ

 

                  30 ރަބީޢުލްއައްވަލް 1441

                  27 ނޮވެންބަރ 2019

 

27 ނޮވެންބަރު 2019
ހޯދާ