މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުން ބަލައިގަތުމާބެހޭ

ޢިމާރާތުގެ އާކިޓެކްޗަރަލް ޑިޒައިން ޗެކުކުރާ ފަރާތްތައް އުފެދުމާ ގުޅިގެން، 1 އެޕްރީލް 2014 ވާ އަންގާރަ ދުވަހުން ފެށިގެން މި އިދާރާއިން ބަލައިގަންނާނީ، އާކިޓެކްޗަރަލް ޗެކަރ އާއި ސްޓްރަކްޗަރަލް ޗެކަރ، ޗެކުކޮށް ސްޓޭމްޕް ޖަހައި ސޮއިކޮށްފައިވާ ކުރެހުންތަކެވެ. މިގޮތަށް ހަމަޖައްސަން ޖެހުނީ، ޢިމާރާތްކުރުމުގެ ހުއްދަ ދިނުން މިހާރަށްވުރެ އަވަސްކޮށް، ޢިމާރާތްކުރުމުގެ ހުއްދަ ލިބުން ލަސްވުމުގެ ސަބަބުން މާލޭ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ނިމުމެއް ގެނައުމަށްޓަކައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 ޖުމާދަލްއޫލާ 1435

11 މާރިޗު 2014
ހޯދާ