މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                    އިޢުލާން ނަންބަރު:IUL)MMPRC-HR/1/2019/89)

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ (މަހަކު) :-/5,820 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/1،940  ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:-/1،940 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް/ސެކްޝަން: ހިއުމަންރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ޖީ.ސީ.އީ.އޭ ލެވެލް އިމްތިޙާނުން 3 މާއްދާ  (އިނގިރޭސި އަދި ދިވެހި ބަސް ހިމެނޭގޮތަށް) ފާސްވެފައިވުން (ނުވަތަ)،

ށ. ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުން 3 މާއްދާ  (އިނގިރޭސި އަދި ދިވެހި ބަސް ހިމެނޭގޮތަށް) ފާސްވެފައިވުމާއިއެކު މަޤާމާއި ގުޅޭދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

- އެޑްމިން އެންޑް އެޗް.އާރ ސެކްޝަނުގެ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.

- މިއޮފީހަށް އަންނަ ފޯން ކޯލްތަކަށާއި އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިދުމަތްދިނުމާއި ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

- އޮފީހަށް ލިބޭ ސިޓީ އަދި އެހެނިހެން ލިޔުންތަކުގެ އެންޓްރީ ހެދުމާއި، ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ޙަވާލުކުރުން.

- ސެކްޝަންގެ ސިޓީ ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- މިކޯޕަރޭޝަނުގެ ޖެނަރަލް އީމެއިލްއަށް އަންނަ މެއިލް ތައް ބަލައި، މެއިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޖެނަރަލް މެއިލްތަކަށް ޖަވާބުދާރީވުން.

- ކޯޕަރޭޝަނުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ތައްޔާރުކޮށް ފައިލް ކުރުން.

- މި ކޯޕަރޭޝަނުގެ މެންބަރޝިޕް ޑޭޓާބޭސް ގަވާއިދުން އަޕްޑޭޓްކޮށް ފޯމުތައް ބެލެހެއްޓުން.

- ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:  2 ޑިސެމްބަރ 2019 ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް

:ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) .

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

:އިތުރު މަޢްލޫމާތު

 - ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

- އިތުރު މަޢްލޫމާތު ހޯދުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

- ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

- މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މި ލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

23 ނޮވެންބަރު 2019
ހޯދާ