ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެކެއް (1) އަހަރު ދުވަހުގެ މުއްދަތަށް އެސްޓީއޯ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދަން ބޭނުންވެއްޖެ

ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019  ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ޑިސެމްބަރ 01 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2019 ޑިސެމްބަރ 01 ވާ އާދީއްތަ ދުވަހުގެ 14:00  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި، 2019 ޑިސެމްބަރ 03 ވާ އަންގާރަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:    3344374، 3344295   

ފެކުސް:  3344633

އީމެއިލް: [email protected]

21 ނޮވެންބަރު 2019
ހޯދާ