މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓް ކޮށްދޭން ފަރާތެއް ހޯދުމަށް

އިންޓަރނަލް އޮޑިޓް ކޮށްދޭން ފަރާތެއް ހޯދުމަށް:

މި ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން މި އިޢުލާނާއިއެކު ޝާޢިއު ކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (TOR) ޑޮކިއުމަންޓްގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މި ކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 28 ނޮވެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މި އޮފީހުގެ މީޓިންގ ރޫމް ގައި އޮންނާނެއެވެ. އަދި މި މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ޕްރޮޕޯސަލް ބަލައިގަތުން:

މަޢުލޫމާތު ސާފުކުރުމުގެ ސެސަންގައި ބައިވެރިވެލެއްވި ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނީ:

1-  ތާރީޚް: 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން .

2-  ތަން: މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގެ އޮފީސް ( ޔޫތު އެކަމަޑޭޝަން ބްލޮކް، ފުރަތަމަ ފަންގިފިލާ )

3-  ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކިވަކިންނެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވިފައިވާ ސުންގަޑީގެ ކުރިން ޕްރޮޕޯސަލް މި ކޯޕަރޭޝަންގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޕަރޭޝަންގެ ފޯނުނަމްބަރ 3336725 އަށް ގުޅުއްވުން އެދެމެވެ.

21 ނޮވެމްބަރ 2019

21 ނޮވެންބަރު 2019
ހޯދާ