ދިވެހިރާއްޖެ
މަގާމުގެ ނަން |
|
މަޤާމު: |
އިމިގްރޭޝަން އޮފިސަރ ޓްރެއިނީ |
މަޤާމުގެ ނަންބަރު: |
J-307172, J-317635, J-317634, J-317636, J-317638 |
ބޭނުންވާ އަދަދު: |
05 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
CS2 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރުން |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސް ތަކުގައި ދައުރުވާ ގޮތަށް (އިމިގްރޭޝަން އިން އެވަގުތެއްގައި ކަނޑައަޅާ ސެކްޝަނެއްގައި) |
މުސާރަ: |
-/6500ރ |
ސަރވިސް އެލަވަންސް: |
1500/-ރ |
ސްޕެޝަލް ސަރވިސް އެލަވަންސް |
މުސާރައިގެ %35 (ވަޒީފާ ދާއިމީ ވުމުން) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
މަޤާމުގެ ޝަރުޠުތައް: |
އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްޚީ ޤާބިލްކަން ލިބިފައިވުން ( އިންޓަވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ.) ނޯޓް: މި މަޤާމަށް ހޮވާ މުވައްޒަފު މި މަޤާމުގައި ބެހެއްޓޭނީ ގިނަވެގެން 8 މަސްދުވަހަށެވެ. މި މުއްދަތުގައި ބޭސިކް ޓެރިއިނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަށް، ސީ.އެސް 3-1 އިން ސީ.އެސް 6-1 އާ ދެމެދުގެ ޝަރުތުހަމަވާ ރޭންކުގެ ފުރަތަމަ ގްރޭޑަށް ކުރިއެރުން ދެވޭނެއެވެ. ސީ.އެސް 6-1 ގެ ރޭންކުގައި ބަޔާންކުރާ ސަނަދަށްވުރެ މަތީ ސަނަދުވާ ފަރާތްތަކަށްވެސް ސީ.އެސް 6 -1 ގެ ރޭންކަށް ކުރިއެރުން ދެވޭނެއެވެ. އަދި މި މުއްދަތުގައި ބޭސިކް ޓްރެއިނިންގ ފުރިހަމަ ނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެއެވެ. ނޯޓް: އިމިގްރޭޝަން އޮފިސަރ ޓްރޭނީ މަޤާމަށް ވުރެ މަތީ ރޭއްކުތަކުގެ ތެރެއިން ރޭންކަކަށް އެ އޮނިގަންޑުގައި ކަނޑައަޅާފައިވާ ތަޢުލީމީ ޝަރުތު ފުރިހަމަވާނަމަ އިމިގްރޭޝަން އޮފިސަރ ޓްރޭނީގެ މަޤާމަށް ޝަރުތު ހަމަކޮށްގެން ކުރިއަށް ގެންދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން |
ވަޒީފާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޗެކަޕެއް ހަދަން ޖެހޭނެއެވެ)
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޑިސެމްބަރ 2019 ވަނަ ދުވަހުގެ ގެ 1400 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3320011 މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައެޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަވިއު 08 - 12 ޑިސެމްބަރ 2019 އާއި ދެމެދު، މޯލްޑިވްސް އިމިގްރޭޝަން (ހ. ވެލާނާގެ 1 ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރުމާއި އަދި އިމްތިހާން ކުރުން ކުރިއަށް ގެންދަވާނީ މިއިދާރާއިން އިން ކަނޑައަޅާ (މަދުވެގެން 3) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ. |
ސްކްރީނިންގ |
|
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މިއޮފީހުގެ 3330410 އަދި 3330411 ނަންބަރު ފޯނުން މައުލޫމާތު ސާފުވާނެއެވެ. |