އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީ ރުއްގަނޑު ސިޓީލާ ނީލަމުން ކުއްޔަށް ދޫކުރުން

މިރަށު ބަނދަރުމަތީގައި ނަންބަރު 14 އިން ނަންބަރު 27 އަށް ނަންބަރު ޖަހާފައިވާ 14 ރުއް މީލާދީ 2 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

            މިރުއްތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސިޓީލާ ނީލަމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ ރުއްތަކުގެ ކުލި މީލާދީ އަހަރަކަށް -/2000ރ (ދެހާސްރުފިޔާ) އެވެ. މިނީލަމަށް ފަހަރަކު މަދުވެގެންއިތުރުކުރެވޭނީ -/1000ރ (އެއްހާސް ރުފިޔާ) އެވެ. ކޮންމެ ދުވަހަކުވެސް އޮފީސް ބަނދުކުރާއިރު އެދުވަހަކު ހުށަހަޅާފައިވާ އެންމެމަތީއަގު ކައުންސިލްގެ އިދާރާ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ޖެހިޖެހިގެން ސަރުކާރު ބަންދު ނޫން 3 ދުވަހު އެއް އަގު އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވީކަމުގައި ނިންމޭނެއެވެ. 3 ދުވަސްގުނުމުގައި ސިޓީލާ ދުވަސް ނުހިމެނޭނެއެވެ.

            މިރުއްތަށް ކުއްޔަށް ނަގާ ފަރާތުން ރުއްތަކުން އުފެދޭ ކުނި ނައްތާލުމަށް ކުނީ ފީގެ ގޮތުގައި މީލާދީ އަހަރަކަށް -/1000ރ (އެއްހާސް ރުފިޔާ) މިކައުންސިލްގެ އިދާރާ އަށް ދައްކަން ޖެހިވަޑައިގަންނަވާނެއެވެ.   

            ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ. 

20 ނޮވެންބަރު 2019
ހޯދާ