ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖެ
"ކޯޓު އޮފިސަރުންގެ ޓްރޭނިންގ ޕްރޮގްރާމް" ގެ ކޭޓަރިންގެކަންކަން މެނޭޖްކޮށް، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާގުޅޭ

`

ޖުޑީޝަލް އެކެޑަމީ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

މާލެ، ދިވެހިރާއްޖެ

                                                   ނަންބަރު: 198JA-C-2019-09

އިޢުލާން

"ކޯޓު އޮފިސަރުންގެ ޓްރޭނިންގ ޕްރޮގްރާމް" ގެ ކޭޓަރިންގެކަންކަން މެނޭޖްކޮށް،

އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާގުޅޭ

"ކޯޓުއޮފިސަރުންގެ ޓްރޭނިންގ ޕްރޮގްރާމް " މި ނަމުގައި ޖުޑީޝަލް އެކެޑަމީ އިން ޓްރޭނިންގ ޕްރޮގްރާމެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ޓްރޭނިންގ ޕްރޮގްރާމުގެ ބައިވެރިންނަށް ކޭޓަރިންގ ގެ ކަންކަން މެނޭޖްކޮށްދީ، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެންބަރު 25 ވާ ހޯމަ ދުވަހުގެ 11:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ނޮވެންބަރު 27 ވާ ބުދަ ދުވަހުގެ 11:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް  އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ރަބީޢުލްއައްވަލު 1441

19 ނޮވެންބަރު 2019

19 ނޮވެންބަރު 2019
ހޯދާ