ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
އދ. ހަންޏާމީދޫ ސްކޫލްގެ އިސްވެރިޔާ ހުންނަވާ ގެއެއް ހޯދުމާއި ބެހޭ

              މިސްކޫލްގެ އިޢުލާން ނަންބަރު GS153/IUL/2019/30 ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

              2020 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރިއާއި ސިޓިންގރޫމަކާއި ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

            ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމަކާއެކު، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް (ދެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕިއާއެކު) ފޮނުވިދާނެއެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2019 ނޮވެމްބަރު 24 ވާ އާދިއްތަ ދުވަހު 09:00 އަށް ހަންޏާމީދޫ ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

2019 ނޮވެންބަރު 27 ވާ ބުދަ ދުވަހު 09:00 އަށް ހަންޏާމީދޫ ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

 

                  މި ކަމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19  ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީގަޑީގައި 6680837 މިނަމްބަރު ފޯނަށް ގުޅުން އެދެމެވެ.

 

23 ރަބީޢުލްއައްވަލް 1441ހ

19 ނޮވެންބަރު 2019
ހޯދާ