އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ޕްރިންސިޕަލް ހުންނަވާނެ ގެއެއް ހޯދުން

 

އިޢުލާން

2020 ވަނަ އަހަރު ސްކޫލުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ހޯދުން

01 ޖަނަވަރީ 2020 އިން 31 ޑިސެންބަރު 2020 އަށް މި ސްކޫލުގެ ޕްރިންސިޕަލް ހުންނަވާނެ ދެކޮޓަރީގެ ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްގައި ނަންނޯޓް ކުރެއްވުމަށްފަހު މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި، ކެޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފާރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ނަން ނޯޓްކުރުން

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

18 ނޮވެންބަރު 2019 އިން

26 ނޮވެންބަރު 2019 އަށް ރަސްމީ ގަޑީގައި

27 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 13:00 ގައި

11 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 13:00 ގައި

 

މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6680060 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

18 ނޮވެންބަރު 2019
ހޯދާ