ފައިނު ސްކޫލް
ދިވެހިރާއްޖެ
މިސްކޫލަށް ގުދަނެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް

1 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020ގެ ނިޔަލަށް މިސްކޫލަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، ގުދަނެއް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން 24 ނޮވެމްބަރ 2019 ވާ އާދިއްތަދުވަހުގެ ހެނދުނު 10:00ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެމްބަރ 2019 ވާ ބުދަދުވަހުގެ ހެނދުނު 10:00ގައި މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.

18 ނޮވެންބަރު 2019
ހޯދާ